ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އާ ގުޅޭގޮތުން ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްލުމުގެގޮތުން، ފ. ޖުޑީޝަލް ދާއިރާއާއި ދ. ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ބާއްވައިފިއެވެ.
09-08-2018

2017 އޮގަސްޓް 24 އިން 26 އަށް ކުރިއަށް ގެންދެވުނު މި ވޯކްޝޮޕް ބާއްވާފައިވަނީ ފ. ނިލަންދޫގައެވެ.
ފ އަދި ދ ޖުޑީޝަލް ދާއިރާތަކުގައި މަސައްކަތްކުރައްވާ ހުރިހާ މެޖިސްޓްރޭޓުންނާއި ލީގަލް އޮފިސަރުން ބައިވެރިވެލެއްވި މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވީ، ޑްރަގް ކޯޓް ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދެވެ.
ޝަރުޢީ ދާއިރާގައި މެދުކެނޑުމެއް ނެތި 37 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބ.ކުޑަރިކިލު މިރާޒް، އަލްފާޟިލް މުހައްމަދު ރާޟީ ވަޒީފާއިން މުސްކުޅިކުރައްވައިފިއެވެ. މުސްކުޅިކުރެއްވި އިރު އޭނާ ހުންނެވީ ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުގައެވެ.

އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާއިރާއާ ގުޅިވަޑައިގެންނެވީ، 1979 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު، ބ. ކުޑަރިކިލު ކޯޓުގެ މަސައްކަތު މީހެއްގެ މަޤާމަށެވެ. އެއަށް ފަހު، އެ ކޯޓުގެ ކްލާރކް އެއްގެ މަޤާމާއި، އެސިސްޓެންޓް ސެކްރެޓަރީ އަދި ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައިވެއެވެ.
ޝަރުޢީ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އަލްފާޟިލް މުޙައްމަދު ރާޟީ ވަނީ ޝަރުޢީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.
އަލްފާޟިލް މުޙައްމަދު ރާޟީ ފާހަގަކުރެވިފައި ވަނީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ.
އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާއިރާގެ ޚިދުމަތުން ވަކިވެވަޑައިގަތުމަކީ ޝަރުޢީ ދާއިރާއަށް، ވަކިން ޚާއްޞަކޮށް ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓަށް ލިބުނު ވަރަށްބޮޑު ހުސްކަމެކެވެ.
ޝަރުޢީ ދާއިރާގެ ޚިދުމަތުގައި ހޭދަވި ދިގު މުއްދަތުގައި، އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާޢިރާއަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވައި، އަލްފާޟިލް މުޙައްމަދު ރާޟީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޝުކުރު އަދާކުރައްވައެވެ.
ލ. އަތޮޅަކީ ރައްޔިތުންނަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤުޞަދުގައި، "ހައްދުންމަތި ރައްކާތެރި އަމާން މުޖުތަމަޢަކަށް، މުއައްސަސާތައް ގުޅިގެން" މި ނަމުގައި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓާއި ލ. އަތޮޅު ކައުންސިލް އިދާރާއިން އިސްނަންގަވައިގެން، ލ.އަތޮޅުގައި ހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ އެއް ދުވަހުގެ ސެމިނަރ ލ. ފޮނަދޫ ރީޖަނަލް ހޮސްޕިޓަލްގެ "ގުރަހަ" މާލަމުގައި ފެށިގެން ކުރިއަށް އެބަދެއެވެ.

މި ސެމިނަރ ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ، މުއައްސަސާތަކުން ޕްރެޒެންޓޭޝަންތައް ހުށަހެޅުމާއެކު، އެ ޕްރެޒެންޓޭޝަންތަކުގައި ހިމެނޭ ކަންކަމާމެދު ބައިވެރިންގެ މެދުގައި މަޝްވަރާކުރުމަށް ހުޅުވައިލެވޭ ސެޝަންތަކެއްގެ ގޮތުގައެވެ. މުޅި ހައްދުންމައްޗަކީ ރައްޔިތުންނަށް އަމާން ވެއްޓަކަށް ހެދުމަށްޓަކައި ހައްދުންމަތީގައި ހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށްޓަކައި ބައިވެރިންގެ ޚިޔާލާއި މަޝްވަރާ ބަދަލުކުރުންވެސް މި ސެމިނަރގެ ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.
ލ.އަތޮޅު ކައުންސިލްގެ އެކްޝަން ޕްލޭންގައި ހިމަނައިގެން، ކުރިއަށް އޮތް އަހަރުތަކުގައި މުޅި އަތޮޅުގައި ހިންގުމަށް ރާވާފައިވާ މި ޕްރޮގްރާމްގެ ފެށުމެއްގެ ގޮތުން މިއަދު ބާއްވާ ފުރަތަމަ ސެމިނަރގައި، ލ. ފޮނަދޫ ކައުންސިލްގެ އިދާރާއާއި، ލ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޕަބްލިކް ވޯރކްސް ސަރވިސް ފޮނަދޫ ސައިޓް އާއި، ލ. ފޮނަދޫ ޞިއްޙީ މަރުކަޒާއި، މ. ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ލ. ފޮނަދޫ ބްރާންޗް އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ލ. ރީޖަނަލް ބްރާންޗް އާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް އާއި، ކައްދޫ ސެންޓްރަލް އޭރިޔާ އާއި، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އާއި، ލ.ގަން-ފޮނަދޫ ޕޮލިސް ސްޓޭޝަން އާއި، ލ. ގަމު ކައުންސިލްގެ އިދާރާ އާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އާއި، އިހައްދޫ ސްކޫލް އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ލ.ގޮފި އާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ލ.ފޮނަދޫ ބްރާންޗް އާއި، ލ. ފޮނަދޫ ޔޫތު ސެންޓަރ އާއި، ލ. ގަމު ކަސްޓަމްސް ޕޯސްޓް އާއި، ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ބައެއް ވެރިން ބައިވެރިވެލައްވައެވެ.
މި ކޯޓުގައި ކުރިން ހުރި ލަކުޑި ދޮރުސެޓްގެ ދޮރާއި ދޮރުފަތްތައް އަދި ފެންލައިޓް ފަޅިތައް ނީލަންކިޔުމާބެހޭ
ތާރީހް: 15-01-2019
މިކޯޓްގައި ބޭނުންކޮށްފައިވާ ތިރީގައި މިދަންނަވާތަކެތި 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ނީލަންކިޔުން ފެލިދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.
# | ނީލަންކިޔާ މުދާ | ނީލަން ފަށާއަގު | މަދުވެގެން ފަހަރަކު އިތުރުކުރެވޭނޭ ވަރު |
1 | 1 ބޮޑުދޮރު ސެޓު (ލަކުޑި) | 100.00 ރުފިޔާ | 10.00 ރުފިޔާ |
2 | 2 ފަޅިބޮޑު ދޮރުފަތް (ލަކުޑި) | 150.00 ރުފިޔާ | 10.00 ރުފިޔާ |
3 | 6 ފަޅި ފެންލައިޓް ދޮރުފަތް | 150.00 ރުފިޔާ | 10.00 ރުފިޔާ |
ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ނީލަމުގައި ބައިވެރިވުމަށް ޙާޟިރުވާ މަދުވެގެން 3 މީހުންގެ ޙާޟިރުގައެވެ. ނީލަމުން ތަކެތި ނަގާފަރާތްތަކުން ރަސްމީ 3 ދުވަހުގެ ތެރޭގައި ނީލަމުން ނެގި ތަކެއްޗަށް ފައިސާ ދެއްކުމަށް ފަހު ތަކެތި ގެންދަންވާނެއެވެ.